ޕެރި ޕެރީ ސޯސް ޗިކަން

ސާވިން ސައިޒް:4 / ކައްކާލަން ނަގާނެވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި

3 ޗިކަން ލެގް ކުއަޓަރސް ހަން ނޮޅާފަ ނޫނީ ކުކުޅެއް 2 ފަޅިއަށް ބައިކޮށްފަ
1 ބޮޑު ފިޔާ ޗޮޕްކޮށްފަ
2 ސައިސަމްސާ އިނގުރު ލޮނުމެދު ޕެސްޓް
1 މޭޒުމަތިސަމްސާ ރާޅުހިކިމިރުސް
1 ސައިސަމްސާ ލޮނު
1 ލުނބޮލުގެ ހުތް
4 މޭޒުމަތީސަމްސާ ނެންޑޯސް ޕެރި ޕެރީ ސޯސް
250 އެމް އެލް ކާށި ކިރު ނޫނީ ކުކިން ކްރީމް
2 މޭޒުމަތީސަމްސާ ޓޮމާޓޯޕެސްޓް
1/2 ސައިސަމްސާ ރީނދޫ
1 ސައިސަމްސަ ތެޅިމިރުސް
1/2 ސައިސަމްސާ އަސޭމިރުސް
1 މެގީ ކިއުބް
2 މޭޒުމަތިސަމްސާ ސަންފްލަވަރ އޮއިލް
2 މޭޒުމަތީސަމްސާ ބަޓަރ


ތައްޔާރުކުރާނެގޮތް

1-ކުކުޅު ކޮޅު ބެހެއްޓޭވަރުގެ ތެއްޔަކަށް ތެޔޮ، ބަޓަރ، ފިޔާ، އިނގުރު ލޮނުމެދުޕޭސްޓް އަޅާ ފިޔާ މޯޅިވެލަންދެން ރަތްކޮށްލައްވާ، ފިޔާ މޯޅިވީމަ ރާޅުމިރުސް އަޅާ މިރުސްކޮޅުން ކުލަނިކުންނަންދެން ތެއްލާލައްވާ.
2-ތެޔޮ ކޮޅު ރަތްވެލީމަ ކުކުޅު އަތުރާލައްވާ، ދެން މަތިޖަހައިގެން ފަނަރަ މިނެޓް ކައްކަވާ، ފަނަރަމިނެޓް ވުމުން ތެލީ މަތި ނަންގަވާފަ ކުކުޅު ފުށުންޖައްސަވާ. އަނެއްކާވެސް ތެލި މަތިޖައްސަވައިގެން ކުކުޅު އެއްކޮށް ރޯފިލަންދެން ކައްކަވާ.
3-ކުކުޅު ރޯފިލީމަ ކުކުޅު ކޮޅު ވަކިތައްޓަކަށް ނަންގަވާ. މިހާރު ކުކުޅުން ނިކުމެފަ ހުރި ސޫޕް ތެލީ ތެރޭ ހުންނަން ވާނެއެވެ. ތެލި ތެރެ ހިކިފަ ހުރިއްޔާ ބައިޖޯޑު ފެން އަޅާލައްވާ.
4-ދެން ތެލި ތެރެއަށް އަސޭމިރުސް، ރީނދޫ، ތެޅިމިރުސް، ޓޮމާޓޯޕޭސްޓް، މެގީކިއުބް، ޕެރި ޕެރީ ސޯސް، ލޮނު އަދި ކާށިކިރު އަޅާ އެއްކޮށްލައްވާ.
5-ދެން ކުކުޅު ތެލިތެރޭ އަތުރާލައްވާ. ސަމްސަލަކުން ކުކުޅު މައްޗަށް ތެލިތެރޭ ހުރި ސޯސް އަޅާފަ ތެލީ މަތިޖަހައިގެން އަދި ފަނަރަމިނެޓް ނޫނީ ތެލިތެރޭ ހުރި ސޯސް އޮލަވަންދެން ކައްކަވާ. ކެކުނީމަ ކުކުޅު ބަތާ އެކު، ނޫނީ ރޮށި ނޫނީ ޗިޕްސް އާ އެކު ސާވް ކުރައްވާ.