ސާވިން ސައިޒް: 4 / ތައްޔާރުކޮށްލަން ނަގާނެވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި
މަސްކޮޅުހަދާލުމަށް
1 ޗިކަން ބްރެސްޓް، ފެނުކައްކާ ވިނުވާލާފަ
1 ފިޔާ ކޮށާފަ
1 ސައިސަމްސަ އިނގުރުލޮނުމެދު ޕޭސްޓް
ކުޑަ ގިތެޔޮ މިރުސްކޮޅެއް ކޮށާފަ
2 މޭޒުމަތިސަމްސަ ތެޔޮ
ބާބަކިއޫ ސޯސް 5 ސަމްސަ
1 ސައިސަމްސަ ޕެރި ޕެރީ ސީސަނިން / ނޫނީ ސޯސް
1/2 ކިއުބް މެގި
ލޮނު
ސޭންޑްވިޗް ހަދާލުމައް
ލެޓިއިސް
ޓޮމާޓޯ، ވައްކޮށް ކޮށާފަ
ސްލައިސް ޗީޒް 2
4 މޭޒުމަތިސަމްސާ މެޔޮނައިސް
4 މޭޒުމަސތިސަމްސަ ބަޓަރ
6 ފޮތި ޕާން
ތައްޔާރުކުރާނެގޮތް
1-ތެއްޔަކަށް ތެޔޮ، ފިޔާ، އިނގުރު ލޮނުމެދު ޕޭސްޓް އަޅާ ފިޔާކޮޅު މޯޅިވެލަންދެން ކައްކާލައްވާ.
2-ކައްކާލި ފިޔާކޮޅު ތެރެއަށް ވިނުވާލާފަ ހުރި ކުކުޅު އަޅާ ކުކުޅު ކޮޅު 2 މިނެޓެއްވަރު ފިޔާކޮޅު ތެރޭ މީރުކޮށްލައްވާ. ދެން މެގީކިއުބް، ބާބަކިއޫސޯސް، ޕެރި ޕެރީ ސޯސް އަދި ލޮނުއަޅާ އެއްކޮށްލައްވާ.
3- ދެން ކުކުޅުކޮޅު ތައްޓަކަށް ނަގާފަ ހިހޫނކޮށްލަން ބަހައްޓަވާ.
4- ޕާން ފޮތިތަށް ޓޯސްޓް ކޮށްލައްވާފަ ދެ ފޮތިޕާންމަތީ ބަޓަރ އުނގުޅާލައްވާ، ދެން އިން ޕާންފޮތި މަތީ މެޔޮނައިސް އުނގުޅާފަ ބަހައްޓަވާ.
5-ބަޓަރ އުނގުޅި ޕާންފޮއްޗެއް ތަށިމަތީބާއްވާފަ ހަދާލި މަސްކޮޅު އަޅާ ފަތުރާލައްވާ، މީގެ މަތީ މެޔޮނައިސް އުނގުޅި ޕާންފޮތި ބާވާ. މި ފޮތި މަތީ ޗީޒް ސްލައިސް ބާވާފަ. ލެޓިއުސް އަދި ޓޮމާޓޯ އަތުރާލައްވާ. މީގެ މަތީ ދެން އޮތް ޕާންފޮތި ބަޓަރ ބައި އެތެރެއަށް ވާގޮތަށް ބާއްވާ.
6-ސޭންޑްވިޗް ފަޅިކޮށްފަ ކޭންބައްވަލާ.
