ޗޮކޮލެޓް ލާވާ ކޭކް

ސާވިން ސައިޒް: 5-6 / ތައްޔަރުކޮސްލުމައް ނަގާނެ ވަގުތު: 1/2 1 ގަޑިއިރު

ބޭނުންވާނެ ތަކެތި

113 ގުރާމް އަންސޯލްޓަޑް ބަޓަރ
200 ގުރާމް ޑާރކް ޗޮކޮލެޓް
1/2 ޖޯޑު ހަކުރު
3 މޭޒުމަތީސަމްސާ ފުށް
1/4 ސައިސަމްސާ ލޮނު
4 ބިސް
ޓްރޭގަ އުނގުޅުމަށް ބަޓަރ އަދި 2 މޭޒުމަތިސަމްސާ ކޮކޯޕައުޑަރ

ތައްޔާރުކުރާނެގޮތް

1-ޗޮކޮލެޓް އަދި ބަޓަރ މައިކްރޯވޭވް ސޭފް ތައްޓަކަށް އެޅުމައްފަހު މިނެޓަކަށް މައިކްރޯވޭވްކޮށްލައްވާ. މްއިކްރޯވޭވް އަވަން އިން ތަށި ނެގުމަށް ފަހު ޗޮކޮލެޓްކޮޅު ބަޓަރ ޔާ އެއްކޮށްލައްވާ. ޗޮކޮލެޓް މެލްޓް ނުވާނަމަ އަނެއްކާވެސް މިނެޓެއް މައިކްރޯވޭ ކޮށްލައްވާ، ޗޮކޮލެޓްކޮޅު އެއްކޮށްމެލްޓްވެ ބަޓަރ ޔާ އެއްވީމަ އެއްކޮށް ހިހޫނވަންދެން ބަހައްޓަވާ،
2-ބިސް އަދި ހަކުރު ތައްޓަކަށް އެޅުމައްފަހު ބިސްކޮޅު މަޑުރީނދޫކުލަޔަށް އަރާލަންދެން ގިރާލައްވާ.
3-ޗޮކޮލެޓް މިކްޗަރ ތެރެއަށް ފުށް ލޮނު އަޅާ ގިރާލައްވާ. ދެން ބިސްއަޅާ ރަނގަޅައް އެއްވަންދެން ފޯލްޑްކޮށްލައްވާ.
4-އަށް އިންޗި ބޭކިން ޓްރޭއެއްގަ ބަޓަރ އުނގުޅާލައްވާ.
5-އަވަން 160 ޑިގްރީސެލްސިއަސް އަށް ހޫނުކުރުމަށްފަހު ކޭކް ޓްރޭލާފަ 30 ނޫނީ 40 މިނެޓް ވަންދެން ފިއްސަވާ. މި ކޭކް ފިހެލަންބޭނުންވަނީ ކޭކްގެ ކައިރިފަށް ފިހެވިފަ މެދު ހެލޭވަރަށް. މިގޮތް ޓެސްޓްކޮށްލެވޭނެ ޓްރޭ ގަ ހިފާ ޓްރޭ ކުޑަކޮށް ހަލުވާލީމަ
6-ޗޮކޮލެޓް ލާވަރ ކޭކް ސާރވްކޮށްއުޅެނީ ހޫނުކޮށްހުއްޓަ އޭރުން މެދު ޕުޑިންގޮތަށް ހުއްނާނީ. ކޭކް ހިހޫންވާ ވަރަކަށް މެދު ދާނީ ސެޓްވަމުން.