ސާވިންސައިޒް:5 / ތައްޔާރުކޮށްލަން ނަގާނެވަގުތު: 2 ގަޑިއިރު

ބޭނުންވާނެ ތަކެތި
2 ޖޯޑު ފުށް
1 ސައިސަމްސާ ބޭކިން ސޮޑާރ
1 ސައިސަމްސަ ލޮނު
90 ގުރާމް ކްރީމްޗީޒް، ފިނިކަނޑުވާފަ
1 ޖޯޑު ހަކުރު
2 ސައިސަމްސަ ވެނީލާ އެސެންސް
1 ބިސް
1 ޖޯޑު ވިޕިން ކްރީމް
1 ސައިސަމްސާ ވިނެގަރ
1/2 ޖޯޑު އަލަނާސި ދަޅުގެ ސިރަޕް
1/2 1 ދަޅު އަލަނާސި، (ދޮޅު ދަޅު)
ގްލޭޒް ހެދުމަށް
1/2 1 ޖޯޑު އައިސިންށުގަރ
3 މޭޒުމަތިސަމްސާ ދަޅުއަލަނާސި ޖޫސް
ތައްޔާރުކުރާނެގޮތް
1-އަލަނާސި ފުރާނަލާފަ ސިރަޕްކޮޅު ވަކިއެއްޗަކަށް ނަގާލާފަ ބަހައްޓާ. އަލަނާސިކޮޅު ޕާންހެދުމުގެ ތިން ގަޑިއިރުކުރިން ފުރާނާލަންވާނެ އޭރުން ސިރަޕް ރަނގަޅަށް ހިކޭނީ، ދެން ތިން ގަޑިއިރު ވުމުން އަލަނާސި ފޮތިތައް ކޮށާލައްވާފަ ބަހައްޓަވާ.
2-ތައްޓަކަށް ފުއް، ލޮނު އަދި ބޭކިން ސޮޑަރ އަޅަ އެއްކޮށްލައްވާފަ ބަހައްޓަވާ
3-ވިޕިންކްރީމްކޮޅުތެރެއަށް ވިނެގަރއަޅާ އެއްކޮށްފަ ބަހައްޓަވާ.
4-އެހެން ތައްޓަކަށް ކްރީމްޗީޒް، ހަކުރު، ވެނީލާ އަދި ބިސްއަޅާ ކްރީމްޗީޒް ކޮޅު އޮމާންވެ ކްރީމީވަންދެން ގިރާލައްވާ.
5-ދެން ފުށްއަޅާއެއްކޮށްލައްވާ، ވިޕިންކްރީމް އަދި އަލަނާސި ދަޅު ސިރަޕް ކޮޅު އަޅާ ގިރާލައްވާ. މީގެ ތެރެއަށް ކޮށާފަ ހުރި އަލަނާސި އަޅާ ފޯލްޑް ކޮށްލައްވާ.
6-ޕާން ފުއްގަނޑު ޕާންފިހާ ޓްރޭއަށް އަޅާފަ އަވަން 160 ޑިގްރީސެލްސިއަށް ހޫނުކުރުމަށްފަހު ޕާންޓްރޭ ލައިގެން އެއް ގަޑިއިރު ވަންދެން ފިއްސަވާ، ނޫނީ ޕާންމެދަށް ޓޫތްޕިކްއެއް ހަރާލީމަ ސާފުކޮށް އައްނަވަރަށް، ޕާން ފިހެވުމުން އަވަނުން ނަގާ ހިހޫންކޮށްލައްވާ،
7-ގްލޭޒް ހަދާލުމަށް އައިސިންޝުގަރ ތެރެއަށް އަލަނާސި ދަޅުގެ ޖޫސް އަޅާ ގްލޭޒްއަކަށް ވަންދެން އެއްކޮށްލައްވާ.
8-ޕާން ސާވިންތަށީގަ ބާނދާފަ މީގެ މައްޗައް ގްލޭޒް އަޅާފަ ސާރވްކޮށްލައްވާ.
