ބިސް ކަވާބު

ހެދޭނެ ވަރު: 15 ކަވާބު / ތައްޔާރުކޮށްލަން ހޭދަވާނެގަޑި: 45 މިނިޓް

ބިހަކީ ހަށިހަނޑަށް ޕްރޮޓީން ލިއްބައިދޭ އަދި ދުނިޔޭގަވާ ކާބޯތަކެތީންގެ ތެރެއިން ހަށިގަނޑަށް އެއްމެ ފައިދާ ކުރާ އެއްބާވަތެވެ. ބިހަކީ ކެއުމުގަ ގިނަ ބާވަތްތަށް ތައްޔާރުކޮށްލަން ބޭނުންކުރެވޭ ވަރަށް މުހިންމު ބާއްވަތެކެވެ. މި ކަވާބު ރެސިޕީ އަޅުގަނޑު މިތަށްޔާރު ކޮށްލަނީ ބިސް އަޅައިގެނެވެ، ބިސް އަޅާތީ މިރެސިޕީއަކަށް އަޅުގަނޑު ކާށި ހުނި ނޭޅީއެވެ. މިކަވާބު ހެދިކާ އަކީވެސް ރޯދަވީއްލާ ގަޑިއަށް ތަށްޔާރުކޮށްލަން ވަރަށް މީރުވާނެ ހެދިކާއެކެވެ.

bis-kavaabu

ބޭނުންވާނެ ތަކެތި

6 ފެނުކެއްކި ބިސް، ގާނާފަ
1 ބޮޑު ފިޔާ، ކުދިކޮށް ކޮށާފަ
1/2 ގިތެޔޮމިރުސް، ކޮށާފަ
1 ސައިސަމްސާ އިނގުރުލޮނުމެދު ޕޭސްޓް
5 ހިކަނދިފަތް، ކޮށާފަ
1 ދަޅުމަސް، ތެޔޮ އޮއްސާލާފަ
2 ސައިސަމްސާ ލޮނު
2 ސައިސަމްސާ ރީނދޫ
1/3 ޖޯޑު ކެބެޖެ، ކުދިކޮށް ކޮށާފަ
1 ބިސް
1/2 ޖޯޑު ފުށް
1/2 ލުނބޮލުގެ ހުތް
ތެޔޮ

ތަށްޔާރުކުރާނެގޮތް

1-ތައްޓަކަށް ފިޔާ، މިރުސް، އިނގުރު ލޮނުމެދު ޕޭސްޓް، ހިކަނދިފަތް އަދި ލޮނު އަޅާލައްވާ،

2-ދެން ލުނބޯހުތް ރީނދޫ އަޅާފަ ރަނގަޅަށް މޮޑެލައްވާ، ދެން ކެބެޖް އަދި ދަޅުމަސް އަޅާ އެއްކޮށްލުމަށްފަހު ގާނާފަ ހުރި ބިސް އަޅާ އެއްކޮށްލައްވާ.

3-މީގެ ތެރެއަށް ބިސް އަދި ފުށް އަޅާ ފުށްގަނޑު މޮޑެލާ. ލޮނު ހެޔޮވަރު ކުރުމަށްފަހު ކަވާބަށް ގުޅަޖައްސަވާ.

4-ތެއްޔަކަށް ތެޔޮ އަޅާ ތެޔޮ ގަނޑު ހޫނުވީމަ ކަވާބްތަށް އަޅާ ކަވާބުތަށް ރަތްވަންދެން ތެއްލާލައްވާ.