ޗިކަން ޓިއްކާ ބިރިޔާނީ

ބިރިޔާނީ އިން 5-6 މީހުނަށް ކެވޭން / ތަށްޔާރުކޮށްލަން ހޭދަވާނީ: 2 ގަޑިއިރު

އީދަށް ހާއްސަކޮށްގެން އަޅުގަނޑު މިތަށްޔާރު ކޮއްލީ ޗިކަން ޓިއްކާ ބިރިޔާނީއެވެ. ޗިކަން ޓިއްކާ ބިރިޔާނީއަކީ އިންޑިއާގެ ޕަންޖާބީ ހިސާބުގެ ބަތެކެވެ. މި ބަތް ތައްޔާރުކޮށްލަން އާނމުކޮށް ބޭނުންކޮށްއުޅެނީ ކަށި ނުހުންނަ ކުކުޅެވެ، ނަމަވެސް އަޅުގަނޑު ބޭނުންކޮށްލީ ކައްޓާއެކު ހުންނަ ކުކުޅެވެ. ހަމަ މިހެން ޓިއްކާ ގްރޭވީއަށް އާނމުކޮށް އަޅާ އުޅެނީ ކުކިން ކްރީމް އެވެ ނަމަވެސް އަޅުގަނޑު ބޭނުންކޮށްލީ ކާށިކިރެވެ. ކާށިކިރު އަޅުގަނޑު ބޭނުންކޮށްލީ ކުކިން ކްރީމް އަކީ އެހާ ފަސޭހައިން އަޅުގަނޑުމެންނަށް ލިބެންހުންނައެއްޗަކަށް ނުވާތީއެވެ. ޗިކަން ޓިއްކާ ބިރިޔާނީއަކީ އެހެން ބިރިޔާނީ އަށްވުރެއް ހަދާލަން ތަންކޮޅެއް ވަގުތު ނަގާނެ ބިރިޔާނީ އެކެވެ. އަދި މިއަށް ބޭނުންކުރަންޖެހޭ ހަވާދުގެ ވައްތަރުތައްވެސް ގިނައެވެ. މީ އީދުދުވަސް ކަހަލަ ހާއްސަ ދުވަހެއްގަ ހަދާލަން ވަރަށް މީރު އަދި ތަފާތު ބީރިޔާނީއެކެވެ.

ބޭނުންވާނެ ތަކެތި

ކުކުޅު މެރިނޭޓް
1 ކިލޯ ކުކުޅު، ކޮށާފަ
2 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1 ތަށި ޔޯގަޓް
1 މޭޒުމަތީސަމްސާ ކޮތަންބިރި ޕައުޑަރ
2 މޭޒުމަތިސަމްސާ ތެޅިމިރުސް
1/2 ސައިސަމްސާ ރީނދޫ
1 ސައިސަމްސާ ދިރި
1 މޭޒުމަތީސަމްސާ ގަރަމްމަސާލާ
1/2 ސައިސަމްސާ އަސޭމިރުސް
3 މޭޒުމަތިސަމްސާ ކޯންފްލަރ
1 ސައިސަމްސާ ލޮނު
ކުޑަ ރަތްކުލަކޮޅެއް
1 ބިސް
ތެޔޮ

ޓިއްކާ މަސާލާ
4 މޭޒުމަތީސަމްސާ ތެޔޮ
4 ކާފޫރުތޮޅި
2 އިންޗި ފޮނިތޮށި
2 ސައިސަމްސާ ދިރި
1 ބޮޑު ބޭލީފް
1 މޭޒުމަތިސަމްސަ އަސޭމިރުސް
2 މޭޒުމަތިސަމްސާ އިނގުރުލޮނުމެދު ޕޭސްޓް
3 ޓޮމާޓޯ، ކޮށާފަ
2 ސައިސަމްސާ ރީނދޫ
3 ސައިސަމްސާ ތެޅިމިރުސް
2 ސައިސަމްސާ ދިރި
2 ސައިސމަސާ މުގުރި ކޮތަންބިރި
4 މޭޒުމަތީސަމްސާ ބިރިޔާނީ މަސާލާ
2 ސައިސމަސާ ގަރަމް މަސާލާ
2 ސައިސަމްސާ ޗިކަންސްޓޮކްޕައުޑަރ ނޫނީ 2 މެގީކިއުބް
1/2 ޖޯޑު ތެއްލި ފިޔާ
1 ގިތެޔޮމިރުސް، ކޮށާފަ
1 ސައިސަމްސާ ލޮނު
1/2 ޖޯޑު ކުދީނާފަތް، ކޮށާފަ
1/2 ޖޯޑު ކޮޜިއެންޑަރ ފަތް. ކޮށާފަ
1 ޖޯޑު ކާށި ކިރު
1 ޖޯޑު ފެން

ބަތްކައްކާލުމަށް
2 ޖޯޑު ފުށްދިގު ބާސްމަތީ ހަނޑޫ
6 ޖޯޑު ފެން
1 ސައިސަމްސާ ދިރި
4 ކާފޫރު ތޮޅި
2 އިންޗި ފޮނިތޮށި
3 މޭޒުމަތިސަމްސާ ތެޔޮ

ބިރިޔާނީ ތައްޔާރުކޮށްލުމަށް
1 ޖޯޑު ތެއްލާފަ ހުރި ފިޔާ
1/2 ޖޯޑު ކޮރިއެންޑަރ ފަތް
ޗިކަންޓިއްކާ ކުކުޅު
ޗިކަންޓިއްކާ ގްރޭވީ
ކައްކާލި ބަތް
ކުޑަ ރީނދޫ ކުލަކޮޅެއް 2 ސަމްސާ ފެނުގަ ގިރާލާފަ

ތަށްޔާރުކުރާނެގޮތް

1-ކުކުޅު މެރިނޭޓް ގައިވާ ތަކެތީގެ ތެރެއިން ތެޔޮ ނޫން ހުރިހާ ތަކެތި އެއްކޮށްލުމަށްފަހު 3 ގަޑިއިރު މެރިނޭޓްކޮށްލަން ބަހައްޓަވާ.

2-ތިން ގަޑިއިރު ވުމުން ކުކުޅުތަށް ތެއްލެވޭވަރަށް ތެޔޮ ތެއްޔަކަށް އަޅާ ހޫނުކޮށްލުމަށްފަހު ކުކުޅުތަށް ލައިގެން ކުކުޅު ރޯފިލަންދެން ތެއްލާލައްވާ. ތެލުލެވުނީމަ ކުކުޅުތަށް ތަށްޓަކަށް ނަގާފަ ބަހައްޓާ.

3-ޓިއްކާ ގްރޭވީ ހަދާލުމަށް ތެޔޮ ހޫނުކޮށްލުމަށްފަހު ފޮނިތޮށި، ކާފޫރުތޮޅި، ދިރި އަދި ބޭލީފް އަޅާ ދެ މިނެޓެއްވަރު މީރުކޮށްލުމަށްފަހު އިނގުރު ލޮނުމެދު ޕޭސްޓް އަދި ގިތެޔޮމިރުސް އަޅާ މިނެޓެއްވަރު ކައްކާލުމަށްފަހު ތެއްލިފިޔާ ޓޮމާޓޯ އަދި ފެން އަޅައިގެން ޓޮމާޓޯކޮޅު މަޑުވަންދެން ކައްކާލައްވާ.

4-ޓޮމާޓޯ މަޑުވުމުން އަސޭމިރުސް، ރީނދޫ، ތެޅިމިރުސް، ދިރި. ކޮތަންބިރި، ބިރިޔާނީމަސާލާ، ގަރަމްމަސާލާ، ޗިކަން ސްޓޮކް، ލޮނު، އަޅާ ތިން މިނެޓެއްވަރު ކައްކާފަ ކާށިކިރު، ކޮރިއެންޑަރ ފަތް އަދި ކުދީނާފަތް އަޅާ އެއްކޮށްލައްވާ. ޓިއްކާ މަސާލާ އޮލަވުމުން އުނދުންމަތިން ބާލާފަ ބަހައްޓާ.

5-ބަތްކޮޅު ކައްކާލުމަށް ތެއްޔަކަށް ފެން، ހަނޑޫ، ފޮނިތޮށި، ކާފޫރުތޮޅި، ދިރި އަދި ތެޔޮ އަޅައިގެން ބަތް 70% އަށް ކެކުނީމަ ފެންގަނޑު ލުހެލާ ނޫނީ އޮއްސާލައްވާ.

6-ބިރިޔާނީ ހަދާލުމަށް ބޮޑުތެއްޔަކަށް ބަތުގެ ދެބައިކުޅައެއްބައި އަޅާ ފަތުރާލުމަށްފަހު ބަތްމަށްޗަށް ގްރޭވީ ތަންތަންކޮޅަށް އަޅާފަ މީގެ މަތީ ތެއްލާފަ ހުރި ފިޔާ ދެބައިކުޅައެއްބައި ފަތުރާލާފަ ކޮރިއެންޑަރ ފަތުގެވެސް ދެބައިކޮޅު އެއްބައި ފަތުރާލާ. ދެން ކުކުޅުގެ އެއްބައި އަތުރާލާ، ހަމަ މިގޮތަށް ދެން ހުރި ތަކެތިން ލޭޔަރ އެއް އަޅާލާ. ދެން ކުލަ ބިރިޔާނީ މަށްޗަށް ތަންތަންކޮޅަށް އަޅާލައްވާ،

7-ބިރިޔާނީ ވަރަށް މަޑު ހޫނުގަ 20 މިނެޓް ކައްކާލުމަށްފަހު ސާވްކޮށްލައްވާ.