ފިޝްރޯޓީ

ހެދޭނެއަދަދު : 9 ރޯޓީ / ރޯޓީ ހަދަންހޭދަވާނެވަގުތު 1/2 1 ގަޑިއިރު / ފިހެންހޭދަވާނޭވަގުތު 30 މިނިޓް

ބޭނުންވާނެ ތަކެތި

ފުށްގަނޑުހެދުމަށް
2 ޖޯޑުފުށް
1 ސައިސަމްސާލޮނު
3 މޭޒުމަތިސަމްސާތެޔޮ
ފުށްގަނޑުމޮޑެވޭވަރަށްހޫނުފެން

މަސްގަނޑުހެދުމަށް
4 މޭޒުމަތީ ސަމްސާކުކިންއޮއިލް
12 ހިކަނދިފަތްކޮށާލާފަ
ރަހަލާވަރަށްގިތެޔޮމިރުސް
1 މޭޒުމަތީ ސަމްސާ އިނގުރުލޮނުމެ ދުޕޭސްޓް
1 ބޮޑުފިޔާ، ކުދިކޮށްކޮށާފަ
1/2 ޖޯޑުކޮށާފަހުރި ލީކްސް
1/2 ޖޯޑުކުދިކޮށްކޮށާފަ ހުރިޓޮމާޓޯ
1/2 1 ސައިސަމްސާ ރާޅުކޮށްމުގުރާފަ ހުރި ހިކިމިރުސް
1/2 ސައިސަމްސާ ރީނދޫ
1/2 ސައިސަމްސާ އަސޭމިރުސްޕައުޑާ
1/2 1 ސައިސަމްސާ މުގުރިީމިރުސް ނޫނީ ލޮނުމިރުސްޕައުޑަރ
1 ދަޅުމަސް، ފެންނޫނީ ތެޔޮއޮށްސާލާފަ
2 މެދުސައިޒްގެ އަލުވި، ފެނުކައްކާފަ ކުދިކޮށްށާފަ
1 ސައިސަމްސާ ލޮނު

ތަށްޔާރުކުރާނެގޮތް

ފުށްގަނޑުހަދާލުމަށް
1- ތަށްޓަކަށްފުށް، ލޮނު އަދި ތެޔޮ އަޅާ އެއްކޮށްލުމަށްފަހު، ފެންމަދުމަދުން އަޅައިގެން މަޑުފުށްގަނޑެއް
މޮޑެލާ.
2- ފުށްގަނޑު މޮޑެވުމުން ފުށްގަނޑު ބޯތަށްޓަކަށް ލާފަމަތި ބަންދުކޮށްފަ 45 މިނިޓް ބާއްވާލާ.

މަސްގަނޑުހަދާލުން
3-ތެއްޔެއްގަ ތެޔޮ ހޫނުކުރުމަށްފަހު ފިޔާ، ހިކަނދިފަތް، އިނގުރުލޮނުމެދުޕެސްޓް އަދި ގިތެޔޮމިރުސް އަޅާފިޔާ
މޯޅިވެލަންދެން ރަތްކޮސްލައްވާ.
4-ދެން ލީކްސް، ޓޮމާޓޯ، ލޮނު، ރާޅުމިރުސް، ރީނދޫ، އަސޭމިރުސް އަދި ލޮނުމިރުސްޕައުޑަރ އަޅާ
ާއެއްކޮށްލުމަށް ފަހު މަސް އަދި އަލުވި އަޅާ އެއްކޮށްފަ 2 މިނިޓްވަރު ކައްކާފަ އުނދުންމަތިން ބާއްލ .
ރޯޓީ ތައްޔާރުކޮށްލުން
5-ފުށްގަނޑު ނަގާ އަތުގެ މުށައްލެވޭވަރުގެ ފުށްކޮޅު ވަރަށް ގުޅަޖަހާލާ. ފުށްގުޅައެއް ނެގުމަށްފަހު ވައްކޮށްރޮށި
ސައިޒައްދަމާލައްވާ.
6-ފުށްކޮޅު މައްޗަށް ތެޔޮ ސަމްސަލެއް އަޅާލުމަށްފަހު ޕޭސްޓްރީ ފިއްސަކުން އުނގުޅާލައްވާ. ދެންމަސްކޮޅެއް
ރޮށީގެ ކޮޅުގެ އެއްކައިރިއަށް އަލާލާފަ މަސްކޮޅު އަޅާލި ސައިޑް އިން ފުށްކޮޅު މަސްކޮޅު ފޮރުވޭގޮތަށް
ފޯލްޑްކޮށްލާ،
7-ދެންރޮށިގެ 2 އަރިމަތިމަސްކޮޅާ ކައިރިއަށް ފޯލްޑް ކޮށްލާފަ މަސްކޮޅު އިން ފަރާތުން ފެށިގެން އެކު
އެކައްޗަށް އޮޅާލާ. މިގޮތަށް ހުރިހާ ފުށްގުލަޔަކުން ފިށްރޯޓީ ހަދާލާ.
8- ތަވައެއް ހޫނުކުރުމަށްފަހު ތެޔޮކޮޅެއް އަޅާފަ ފިޝްރޯޓީތައް ރަނގަޅަށް ފިހެލާ.