ހުނިގުޅަ ހަދަން ނަގާނެވަގުތު: 45 މިނެޓް / މިމިންގަނޑުން ހެދޭނީ އާދައިގެ : 40 ގުޅަ
ހުނި ގުޅައާނމުކޮށް ފެންނަން ހުންނަނީ ކުޑަކުދިންގެ ޕާޓީތަކަށް ހަދާ ފޮނިއެއްޗެއްގޮތުގަ ހަދާފަހުންނަ ތަނެވެ. ނަމަވެސް މީ ކުޑަކުދިންނަށް މީރުވަރަށް ބޮޑެތިމީހުނަށްވެސް ވަރަށް މީރުއެއްޗެކެވެ. ހުނިގުޅަ އެކިގޮތްގޮތަށް ހަދާއުޅެއެވެ. އަޅުގަނޑުވެސް ދެ ގޮތަކަށް ހުނިގުޅަ ހަދަމެވެ. ތިބޭފުޅުންނާ މި ހިއްސާކޮށްލަނީ އެތަނުން އެއްގޮތެވެ.
ހުނިގުޅަ ހަދާއިރު ބަޓަރ އަޅަން އަޅުގަނޑު ލިޔެލާފަ އިނަސް ބަޓަރ ނާޅާވެސް ހެދޭނެއެވެ. ބަޓަރ ނޭޅީމަ ހުނިގުޅަ ތަންކޮޅެއް ހަރުވުން އެކަށީގެން ވެއެވެ. އަދި މީރުކޮށްލުމަށް ރޯސްވޯޓާ ގެ ބަދަލުގަ ވެނީލާއެސެން ނޫނީ ހުވަނދުމާފެން ވެސް އެޅިދާނެއެވެ. ހުނިގުޅަ އަދާއިރު ހުނި ތަށް ހިމޫންކޮށް މުގުރާލީމަ ގުޅަ ހަދާފަ ހުންނައިރު ހުނިގުޅަތަށް ހުންނަލެއް ރީތިވެފަ ކާލާއިރު އަނގަޔަށް ވިރިގެން ދާނެތީއެވެ.

ބޭނުންވާނެ ތަކެތި
250 ގުރާމް ހުނި، މުގުރާފަ
300 ގުރާމް ހަކުރު، މުގުރާފަ
3 މޭޒުމަތީސަމްސާ ހިކި ކިރު
1/4 ސައިސަމްސާ ލޮނު
1/2 1 މޭޒުމަތީސަމްސާ ބަޓަރ
4 މޭޒުމަތިސަމްސާ ރޯސްވޯޓަރ
50 އެމް އެލް ފެން
ބޭނުންވާ ކުލައެއް
ތަށްޔާރުކުރާނެގޮތް
1-ހުނި، ހަކުރު، ހިކިކިރު، ފެން އަދި ލޮނު ތެއްޔަކަށް އަޅާ އެއްކޮށްލައްވާ، އުނދުނުގެ ހުޅު މެދުމިނުގަ ބަހައްޓާފަ ތެލި އުނދުން މަށްޗަށްލާފަ ހުނިގަނޑު ހާވަމުން ކައްކަންފަށާ.
2-ކައްކާތާ ދިހަ މިނެޓްވުމުން ރޯސްވޯޓަރ އަދި ބަޓަރ އަޅާ އެއްކޮށްލައްވާ. ހުނިގަނޑު ހާވަމުން ކައްކަމުން ގެންދޭ.
3-ދޭފަތަކުން ހުނިގަނޑުމެދުން ކަހާލީމަ އެޅޭރޮނގު އިންގޮތަށް ހުނިގަނޑު އެއްނުވެ އިނދެއްޖެއްޔާ އެހެރީ ހުނިގުޅަ ހެދޭވަރަށް ހުނިގަނޑު ހިކިފައެވެ.
4-ތެލި އުނދުންމަތިންބާލާ ހުނިގަނޑު ތަށްޓަކަށް އަޅާ ފަތުރާފަ ހިހޫނކުރަން ބަހައްޓަވާ. އެއްކޮށް ހިހޫނނުވަނީސް ބޭނުން ފުޅުވާ ކުލައެއް އެއްކޮށްފަ ހުނިގުޅަ ހައްދާވާ. ތަށްޓެއް ނޫނީ ޓްރޭ އެއްގަ އެއްގުޅައަނެއްގުޅައާ ނުޖެހޭގޮތަށް އަތުރާފަ ބަހައްޓަވާ.
5-ހުނިގުޅަތަށް މަށްޗަށް ހުވަނދުމާ އަޅާލީމަ ހުނިގުޅައިގަ އިތުރު މީރު ރަހައެއްލާނެއެވެ. ހުނިގުޅަތަށް ހިއްކާލަން 3 ގަޑިއިރުވަރު ނޫނީ އެއްރޭވަންދެން ބަހައްޓަވާ.
