ލޮނުމިރުސް ކުކުޅު ބިރިޔާނީ

ސާރވިން ސައިޒް:5-6 / ބިރިޔާނީ ކައްކާލުމަށް ހޭދަވާނީ 1 ގަޑިއިރު

މި ރެސިޕީ މީ މިދިޔައަހަރު ރޯދަމަހަށް އަޅުގަނޑު ޝޫޓްކޮށްފަ އިން ވީޑިއޯއެކެވެ، ނަމަވެސް އެޑިޓް ނުކުރެވި އިނީމަ ނުލެވިފަ އިން ރެސިޕީ އެކެ، މީ ދިވެހި ރަހަތަށް އެކުލަވާލައިގެން އަޅުގަނޑު ކައްކާލި ބަތެކެވެ. މި ބަތް ކައްކާލުމަށް އަޅުގަނޑުބޭނުންކޮށްލީ އާދައިގެ ހަރުހަނޑުލެވެ. މި ބަތްމީ އަޅުގަނޑު ދެދޭ ތެރެއިން ގޭގަތައްޔާރުކޮށްލާ ވަރަށް މީރު ބަތެކެވެ. އާނމުކޮށް އަޅުގަނޑުމެން ގޭގަ މަންމަ ބިރިޔާނީ ތަށްޔާރު ކޮށް އުޅެނީ ހަރުހަނޑުލުގައެވެ. އަދި ނަޓްސް އަށް މަންމަ އަޅާނީ ކަނަމަދެވެ. އަދި އަޅުގަނޑުމަންމަ ބިރިޔާނީ ކައްކާއިރު ކުކުޅު ކޮށާފަ ތެއްލާނެއެވެ، ނަމަވެސް މި ރެސިޕީގަ އަޅުގަނޑު ކުކުޅު ކައްކާފަ ކުކުޅުގެ ބޭރު ތެޔޮ ކޮޅެއްގަ ރަތްކޮށްލަނީއެވެ. މި ރެސިޕީއަށް ލޮނުމިރުސް ކުކުޅު ބިރިޔާނީ ކިޔަސް ކުކުޅުގަ ލާނީ މުޅިއެކު ލޮނުމިރުސް ރަހައެއް ނޫނެވެ. މި ބަތް ކައްކާލާފަ ރަހަޔަށް އިންސާފް ކޮށްލައްވާ.

lonumirus kukulhu biryani

ބޭނުންވާނެ ތަކެތި

ކުކުޅު މެރިނޭޓް
1200 ގުރާމްގެ ކުކުޅެއް، ހަންދަމާ މަސްބޯހިސާބުގަ ޅިއައަޅާފަ
4 މޭޒުމަތިސަމްސާ ލޮނުމިރުސް ޕޭސްޓް
1 ސައިސަމްސާ ލޮނު
1 ލުނބޮލުގެ ހުތް

ކުކުޅުކައްކާ ތެއްލާލުމަށް
2 ބޮޑު ފިޔާ، ކޮށާފަ
3 ތަނޑީ ހިކަނދިފަތް
6 ރާނބާފަތްކޮޅު
2 މޭޒުމަތިސަމްސާ އިނގުރު ލޮނުމެދު ޕެސްޓް
1/2 ގިތެޔޮމިރުސް، ކޮށާލާފަ
1 މޭޒުމަތިސަމްސާ ލޮނުމިރުސް ޕޭސްޓް
4 މޭޒުމަތީސަމްސާ ހަނާކުރިހަވާދު
2 މޭޒުމަތިސަމްސާ ކުކުޅު ހަވާދު
2 މޭޒުމަތީސަމްސާ ކޮތަންބިރި ޕައުޑަރ
2 މޭޒުމަތީސަމްސާ ޓޮމާޓޯޕޭސްޓް
1/2 ޖޯޑު ޕީލްޑް ޓޮމާޓޯ، ޓޮމާޓޯތައް ޗިސްކޮށްލާފަ
2 ސައިސމަސާ ޗިކަންސްޓޮކްޕައުޑަރ ނޫނީ 2 މެގީ ކިއުބް
1 ޖޯޑު ކާށިކިރު
2 ޖޯޑު ފެން
1/2 ޖޯޑު ތެޔޮ

ބިރިޔާނީ ކައްކާލުމަށް
2 ޖޯޑު ހަނޑޫ، ދޮވެފަ
1/3 ޖޯޑު ތެއްލާފަ ހުރި ކަނަމަދު
1/3 ޖޯޑު ތެއްލާފަހުރި ހިކިމޭބިސްކަދުރު
1 ޖޯޑު ތެއްލާފަހުރި ފިޔާ
1/2 ޖޯޑު ކޮރިއެންޑާ ފަތް، ކޮށާފަ
1 ސައިސަމްސާ ލޮނު
ފެން

ތަށްޔާރުކުރާނެގޮތް

1- ކުކުޅު މެރިނޭޓް ކުރާ ބައިގަ ހިމެނޭ ތަކެތީގެ ތެރެއިން ކުކުޅު ނޫން ދެން ހުރި ތަކެތި ބޮޑު ތަށްޓަކަށް އެޅުމަށްފަހު އެއްކޮށްލައްވާ، ހަވާދުކޮޅު އެއްވުމުން ކުކުޅު ހަވާދު ތަށިތެރެއަށް ލާފަ ކުކުޅޫގަ ހަވާދު ރަނގަޅަށް އުނގުޅާލައްވާ،

2- ކުކުޅުގަ ހަވާދު އުނގުޅުމަށްފަހު ތަށީގެ މަތިބަންދުކޮށްފަ ކުކުޅު މެރިނޭޓްކޮށްލަން ތިން ގަޑިއިރު ބާނދާލައްވާ.

3- ބޮޑު ތެއްޔަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ހޫނުކޮށްލައްވާ، ތެޔޮ ހޫނުވުމުން ފިޔާ، ހިކަނދިފަތް، ރާނބާފަތް، އިނގުރުލޮނުމެދު ޕޭސްޓް އަދި ގިތެޔޮމިރުސް އަޅާ ފިޔާކޮޅު މަޑުވަންދެން ތެއްލާލައްވާ.

4- ފިޔާ މަޑުވުމުން ހަނާކުރިހަވާދު، ލޮނުމިރުސްޕޭސްޓް، ކުކުޅު ހަވާދު، ކޮތަންބިރިޕައުޑަރ އަދި ޓޮމާޓޯޕޭސްޓް  އަޅާ މިނެޓެއްވަރު ފިޔާގަނޑުތެރޭ މީރުކޮށްލުމަށްފަހު ޕީލްޑް ޓޮމާޓޯ، ޗިކަންސްޓޮކް ޕައުޑަރ އަދި ފެން އަޅާފަ އެއްކޮށްލައްވާ،

5- މި ފެންގަނޑު ތެރެއަށް މެރިނޭޓްކޮށްލި ކުކުޅު ލާފަ ތެލީ މަތި ޖަހައިގެން ކުކުޅު ރޯފިލަންދެން ކައްކާލައްވާ. ކުކުޅު ރޯފިލުމުން ކާށިކިރު އަޅާ އެއްކޮށްފަ ކުކުޅު ފުށުން ޖަހައިގެން ދެމިނެޓެއްވަރު ކައްކާލާފަ ކުކުޅު ހަވާދު ފެންގަނޑުތެރެއިން ނަގާ.

6-ތެޔޮ ތަވައެއްގަ ހޫނުކުރުމަށްފަހު ކުކުޅު ތެޔޮކޮޅުތެރޭ ކުކުޅޫގެ ބޭރު ރަތްވެލަންދެން ތެއްލާލާފަ ކުކުޅު ތަށްޓެއްގަ ބާއްވާ،

7- ކުކުޅު ކައްކާލި ފެންގަނޑުތެރެއަށް ހަނޑޫ، ލޮނު އަދި ބަތްކެކޭވަރަށް ފެން އަޅައިގެން ބަތް ކައްކާލައްވާ. ބަތް ތެލި ފެން ކިރިއާ ފެންންވަރަށް ބަތް ކެކުނީމަ ބަތް މަށްޗަށް ތެއްލިފިޔާ، ތެއްލި ކަނަމަދު، ހިކިމޭބިސްކަދުރު އަދި ކޮރިއެއްޑާ ފަތް ބުރުވާލާފަ މީގެ މަތީ ކުކުޅު ބާއްވައިގެން ބަތްތެލި މަތިޖަހައިގެން މަޑުގިނީގަ ބަތް ތަވާ ހިނދެންދެން ކައްކާފަ ސާވް ކޮށްލައްވާ.