chicken-tikka-biriyani

ޗިކަން ޓިއްކާ ބިރިޔާނީ

ބިރިޔާނީ އިން 5-6 މީހުނަށް ކެވޭން / ތަށްޔާރުކޮށްލަން ހޭދަވާނީ: 2 ގަޑިއިރު އީދަށް ހާއްސަކޮށްގެން އަޅުގަނޑު މިތަށްޔާރު ކޮއްލީ ޗިކަން ޓިއްކާ ބިރިޔާނީއެވެ. ޗިކަން ޓިއްކާ ބިރިޔާނީއަކީ އިންޑިއާގެ ޕަންޖާބީ ހިސާބުގެ ބަތެކެވެ. މި ބަތް ތައްޔާރުކޮށްލަން އާނމުކޮށް ބޭނުންކޮށްއުޅެނީ ކަށި ނުހުންނަ ކުކުޅެވެ، ނަމަވެސް އަޅުގަނޑު ބޭނުންކޮށްލީ ކައްޓާއެކު ހުންނަ ކުކުޅެވެ. ހަމަ މިހެން ޓިއްކާ ގްރޭވީއަށް އާނމުކޮށް އަޅާ އުޅެނީ ކުކިން ކްރީމް އެވެ ނަމަވެސް އަޅުގަނޑު ބޭނުންކޮށްލީ ކާށިކިރެވެ. ކާށިކިރު އަޅުގަނޑު……އިތުރަށް ކިޔާލަމާ

shawarma-paan

ޝަވަރުމަ ޕާން

ޕާނުން ނެގޭނީ: 4 ސާވިން / ތައްޔާރުކޮށްފިހެލަން ނަގާނީ 2 ގަޑިއިރު ޝަވަރުމަ ޕާން މީ ހުރިހާބޭފުޅުންނަށްވެސް ވަރަށް މީރުވާނެ ޕާނެކެވެ. މި ޕާން އަޅުގަނޑު ފިހެލީ 8×4 އިންޗި ޕާންފިހާ ޓްރޭއެއްގައެވެ. ޕާން ހަދާލަން އަޅުގަނޑު ބޭނުންކޮށްލީ ބްރެޑް ފުށެވެ، ނަމަވެސް ތަންތަނުންވިއްކާ ޕާން އަދި ބަނަސް ހެދުމަށް ހާއްސަކޮށްފަ ހުންނަ ފުށް ބޭނުން ކުރެވިދާނެއެވެ، ފުށް ޕެކެޓް ގައްނައިރު އޭގެ އިންގްރިޑިއަންޓްގަ %100 ވީޓްފްލާ ޖަހާފަ އިނިއްޔާ ރަނގަޅުވާނެއެވެ. ބައެއްފަހަރު ޕާންނޫނީ ބަނަސް ހަދަން……އިތުރަށް ކިޔާލަމާ

bis-kavaabu

ބިސް ކަވާބު

ހެދޭނެ ވަރު: 15 ކަވާބު / ތައްޔާރުކޮށްލަން ހޭދަވާނެގަޑި: 45 މިނިޓް ބިހަކީ ހަށިހަނޑަށް ޕްރޮޓީން ލިއްބައިދޭ އަދި ދުނިޔޭގަވާ ކާބޯތަކެތީންގެ ތެރެއިން ހަށިގަނޑަށް އެއްމެ ފައިދާ ކުރާ އެއްބާވަތެވެ. ބިހަކީ ކެއުމުގަ ގިނަ ބާވަތްތަށް ތައްޔާރުކޮށްލަން ބޭނުންކުރެވޭ ވަރަށް މުހިންމު ބާއްވަތެކެވެ. މި ކަވާބު ރެސިޕީ އަޅުގަނޑު މިތަށްޔާރު ކޮށްލަނީ ބިސް އަޅައިގެނެވެ، ބިސް އަޅާތީ މިރެސިޕީއަކަށް އަޅުގަނޑު ކާށި ހުނި ނޭޅީއެވެ. މިކަވާބު ހެދިކާ އަކީވެސް ރޯދަވީއްލާ ގަޑިއަށް ތަށްޔާރުކޮށްލަން ވަރަށް މީރުވާނެ ހެދިކާއެކެވެ.……އިތުރަށް ކިޔާލަމާ

lonumirus kukulhu biryani

ލޮނުމިރުސް ކުކުޅު ބިރިޔާނީ

ސާރވިން ސައިޒް:5-6 / ބިރިޔާނީ ކައްކާލުމަށް ހޭދަވާނީ 1 ގަޑިއިރު މި ރެސިޕީ މީ މިދިޔައަހަރު ރޯދަމަހަށް އަޅުގަނޑު ޝޫޓްކޮށްފަ އިން ވީޑިއޯއެކެވެ، ނަމަވެސް އެޑިޓް ނުކުރެވި އިނީމަ ނުލެވިފަ އިން ރެސިޕީ އެކެ، މީ ދިވެހި ރަހަތަށް އެކުލަވާލައިގެން އަޅުގަނޑު ކައްކާލި ބަތެކެވެ. މި ބަތް ކައްކާލުމަށް އަޅުގަނޑުބޭނުންކޮށްލީ އާދައިގެ ހަރުހަނޑުލެވެ. މި ބަތްމީ އަޅުގަނޑު ދެދޭ ތެރެއިން ގޭގަތައްޔާރުކޮށްލާ ވަރަށް މީރު ބަތެކެވެ. އާނމުކޮށް އަޅުގަނޑުމެން ގޭގަ މަންމަ ބިރިޔާނީ ތަށްޔާރު ކޮށް އުޅެނީ……އިތުރަށް ކިޔާލަމާ

tortilla_wrap

ހަތަރު ވައްތަރު ޓޯޓިލާ ވްރެޕްސް

ޓޯޓިލާ ވްރެޕް މީ ވަރަށްއަވަހަށް މީރު އެއްޗެއް ތަށްޔާރުކޮށްލަން ބޭނުންނަމަ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އެއްޗެކެވެ. ޓޮޓިލާ އަކީ ރޮށްޓެކެވެ. މި ރޮށި އަޅުގަނޑުމެން ދިވެހިން ފިހާ ރޮށްޓާ ރަހަ ތަފާތުވެފަ ތަންކޮޅެއް ބޮލެވެ. އެކި ފިހާރަތަކުގަ ޓޯޓިލާ ޕެކް މިހާރު ވިއްކަންހުރެއެވެ، އަޅުގަނޑަށް ފެނުން ޓޯޓިލާ ޕެކް ގެ އުޅެނީ ދެ ސައިޒްއެކެވެ. ދިވެހިން ފިހާ ރޮށްޓަށްވުރެއް ތަންކޮޅެއް ބޮޑު ސައިޒް އަކާ އަދި ތަންކޮޅެއް ކުޑަ ސައިޒް އެކެވެ، ޓޯޓިލާ ވްރެޕް ހަދާލަން އަޅުގަނޑު……އިތުރަށް ކިޔާލަމާ