ޕާނުން ނެގޭނީ: 4 ސާވިން / ތައްޔާރުކޮށްފިހެލަން ނަގާނީ 2 ގަޑިއިރު
ޝަވަރުމަ ޕާން މީ ހުރިހާބޭފުޅުންނަށްވެސް ވަރަށް މީރުވާނެ ޕާނެކެވެ. މި ޕާން އަޅުގަނޑު ފިހެލީ 8×4 އިންޗި ޕާންފިހާ ޓްރޭއެއްގައެވެ. ޕާން ހަދާލަން އަޅުގަނޑު ބޭނުންކޮށްލީ ބްރެޑް ފުށެވެ، ނަމަވެސް ތަންތަނުންވިއްކާ ޕާން އަދި ބަނަސް ހެދުމަށް ހާއްސަކޮށްފަ ހުންނަ ފުށް ބޭނުން ކުރެވިދާނެއެވެ، ފުށް ޕެކެޓް ގައްނައިރު އޭގެ އިންގްރިޑިއަންޓްގަ %100 ވީޓްފްލާ ޖަހާފަ އިނިއްޔާ ރަނގަޅުވާނެއެވެ.
ބައެއްފަހަރު ޕާންނޫނީ ބަނަސް ހަދަން ފުށްގަނޑު މޮޑޭއިރު ފުށްގަޑު މޮޑެލަން ދީފައިންނަ ވަރަށް ފެން ނޫނީ ދިޔާ ކިރު އެޅުމުން ފުށްގަނޑު ހަރުވާގޮތްވެއެވެ. މިހެން ވެއްޖެނަމަ އިތުރު ފެން ފޮދެއްއަޅާ ފުށްގަނޑު ކިރިޔާ އަތުގަ ތަތް ލަވާ ވަރަށް މޮޑެލާނީއެވެ. މިހެން މިދިމާވަނީ ފުށުގަ ޕްރޮޓީންގެ މިންގަނޑު ހުންނަ މިންގަނޑުގެ ސަބަބުންނެވެ. ވީމާ އިތުރަށް ފެންފޮދެއް އެޅުމަކީ މައްސަލައެއްނޫނެވެ.

ބޭނުންވާނެ ތަކެތި
ފުށްގަނޑު
2 ޖޯޑު ބްރެޑް ފުށް
1 މޭޒުމަތިސަމްސާ ހަކުރު
2 ސައިސަމްސާ އިންސްޓަންޓް އީސްޓް
1/2 ސައިސަމްސާ ލޮނު
1 ބިސް
1/4 ޖޯޑު ބަޓަރ، މެލްޓް ކޮށްފަ
3/4 ޖޯޑު ތާފަނާ ކިރު
2 މޭޒުމަތީސަމްސާ ތެޔޮ
މަސްގަނޑު
މަސްކޮޅު މެރިނޭޓް
250 ގުރާމް ބޯންލަސް ކުކުޅު، ތުނިކޮށް ދިގަށް ކޮށާފަ
3 މޭޒުމަތީސަމްސާ ޔޯގަޓް
1 މޭޒުމަތިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1 ސައިސމަސާ މުގުރި ދިރި
1 ސައިސަމްސާ މުގުރި ކޮތަންބިރި
2 ސައިސަމްސާ ޕެޕްރިކާ
1/2 ސައިސމަސާ ކާފޫރުތޮޅީ ޕައުޑަރ
1/2 ސައިސމަސާ މުގުރި ފޮނިތިށި
1/2 ސައިސމަސާ އަސޭމިރުސް
1/2 ސައިސމަސާ ރީނދޫ
1 މޭޒުމަތިސަމްސާ ޗިކަންސްޓޮކް
1/2 ސައިސމަސާ ލޮނު
ކުކުޅުކޮޅު ކައްކާލުމަށް
4 މޭޒުމަތިސަމްސާ ތެޔޮ
1 މެދުސައިޒް ފިޔާ، ކުދިކޮށް ކޮށާފަ
1/2 ގިތެޔޮމިރުސް، ކޮށާފަ
1/3 ޖޯދު ދެކުލައިގެ ބެލްޕެޕަޜ، ކޮށާފަ
1/3 ޖޯޑު ކެރެޓް، ކޮށާފަ
1 މޭޒުމަތިސަމްސާ ފުށް
1/2 ޖޯޑު ކާށި ކިރު
1/2 ސައިސމަސާ ލޮނު
ޕާންފިހެލުމަށް
1 ބިސް
1 މޭޒުމަތިސަމްސާ ފެން
1 މޭޒުމަތިސަމްސާ ބަޓަރ، ފިނިކަނޑުވާފަ
ތަށްޔާރުކުރާނެގޮތް
1-ފުށްގަނޑު މޮޑެލުމަށް ފުށްގަނޑު ދަށުގަވާ ތަކެތީގެ ތެރެއިން ތެޔޮ ނޫން ހުރިހާ ތަކެތި ފުށްގަނޑު މޮޑޭ ތަށްޓަށް އަޅާ އެއްކޮށްލުމަށްފަހު ދިހަ މިނިޓް ވަންދެން ފުށްގަނޑު މޮޑެލައްވާ. އަތުން މޮޑޭކަމަށް ވަންޏާ 20 މިނެޓް މޮޑެލައްވާ.
2- ފުށްގަނޑު މޮޑެވުމުން ބޮޑު ތަށްޓަކަށް ތެޔޮކޮޅު އަޅާ އުނގުޅާލުމަށްފަހު ފުށްގަނޑު މި ތަށްޓައްލާ މަތި ބަންދުކޮށްފަ އެއްގަޑިއިރުވަންދެން ބާނދާލައްވާ.
3-ކުކުޅު ކޮޅު ކައްކާލުމަށް ކުކުޅު މެރިނޭޓް ދަށުގައިވާ ތަކެތި އެއްކޮށްފަ މަތިބަންދުކޮށްފަ ފަސްގަޑިއިރު މެރިނޭޓްކޮށްލަން ފްރިޖްގަ ބާނދާލާ.
4-ތެއްޔަކަށް ތެޔޮކޮޅު އަޅާ ހޫނުކޮށްލުމަށްފަހު ފިޔާ އަދި ގިތެޔޮމިރުސް އަޅާ މިނެޓެއްވަރު ކައްކާފަ ބެލްޕެޕަރ އަދި ކެރެޓް އަޅައިގެން މިނެޓެއްވަރު ކައްކާފަ މެރިނޭޓްކޮށްލި ކުކުޅު އަޅާ ކުކުޅު ރޯފިލަންދެން ކައްކާލައްވާ.
5-ކުކުޅު ކެކުނީމަ ފުށް އަދި ކާށިކިރު އަޅާ އެއްކޮށްލައްވާފަ ލޮނު ހެޔޮވަރުކޮށްފަ އުނދުންމަތިން ބާލާ މަސްކޮޅު ހިހޫންކޮށްލައްވާ.
6-ޕާން ފުށްގަނޑު ނަގާ ކުޑަކޮށް މޮޑެލާފަ، ހަތަރެސްކަނަށް ބައިއިންޗިއަށް ވުރެއް ތުނިކޮށް ދަމާލާ، ދެން ފުށްގަނޑުގެ އެއްފަރާތަށް ތިންޗިއެއްހާ ތަންދޫކޮށްފަ މަސްގަނޑު އަޅާލާ، ދެން ދޫކޮށްލި ތިން އިންޗި ފުށްގަނޑުގެ ބައި މަސްގަނޑު މަށްޗަށް ފޯލްޑްކޮށްލައްވާ، ދެ ފަރާތުގެ ފުށްގަނޑު ވެސް މަސްގަނޑު މަށްޗަށް ވާގޮތަށް ފޯލްޑް ކޮށްފަ ރޯލް އެއްހެން އޮޅާލައްވާ.
7-ޕާން ޕާންފިހާ ޓްރޭއެއްތެރެއަށް ލުމަށްފަހު މަތީ ފޮތިކޮޅަކުން ނުނީ ކްލިގްވްރެޕް އިން ބަންދުކޮށްފަ ބައިގަޑުއުރު ބާނދާލައްވާ.
8-އެގްވޮޝް ހަދާލުމަށް ބިހާ ފެންފޮދާ އެއްކޮށްލައްވާ.
9-ބައި ގަޑިއިރު ވުމުން އަވަން 200 ޑިގްރީސެލްސިއަސް އަށް 10 މިނެޓް ހޫނުކޮށްލުމަށްފަހު ޝަވަރުމަޕާންމަތީ އެގް ވޮޝް ހޭކޮމަށްފަހު ފިހެލާ. ޕާންހިހެވުމުން އަވަނުންނަގާގޮތަށް ޕާންމަތީގަ ބަޓަރ އުނގުޅާލައްވާ.
