ކެއްކުމަށް ނަގާނެ ވަގުތު: 1/2 1 ގަޑިއިރު / ސާވިންސައިޒް: 5
ތަރުކާރީ ބިރިޔާނީގަ އަޅުގަނޑު ބޭނުންކޮށްލާފަ ހުންނާނީ ފަސޭހައިން ލިބިލައްވާނެ ތަކެއްޗެވެ. މި ބިރިޔާނީއަށް އެ ބޭފުޅަކަށް ކަމުދާނެ ތަރުކަރީއެއް އެޅިދާނެއެވެ. އަޅުގަނޑު ބޭނުންކޮށްލާފަ އިން ކުކުޅު ބިރިޔާނީ މަސަލާ ނޫނަސް ކޮންމެ ކަހަލަ ބިރިޔާނީ މަސާލައެއްވެސް މި ބިރިޔާނީ ކެއްކުމަށް ބޭނުންކުރެވިދާނެއެވެ. ހިކިކޮށް ހަދާ މަހަކާ އެއްކޮށް ކާން ތަރުކާރީ ބިރިޔާނީ ވަރަށް ކަމުދާނެއެވެ.

ބޭނުންވާނެ ތަކެތި
400 ގުރާމް ހަނޑޫ. 30 މިނެޓް ވަންދެން ފެނުގަ ފޯކޮށްފަ
2 މެދުސައިޒް ފިޔާ ކޮށާފަ
2 ސައިސަމްސަ އިނގުރު ލޮނުމެދު ޕޭސްޓް
1 ގިތެޔޮމިރުސް، ކޮށާފަ
2 ރަތް ބޮޑު ޓޮމާޓޯ، ކޮށާފަ
2 ބޮޑު އަލުވި، ކޮށާފަ
1/2 ޖޯޑު ގްރީންޕީސް
15 ކުދީނާ ފަތް (މިންޓްލީފް)، ކުދިކޮށް ކޮށާފަ
1/3 ޖޯޑު ކޮރިއެންޑަރ ފަތް. ކޮށާފަ
1/2 ޖޯޑު ތެޔޮ
ބަތްކެއްކޭވަރަށް ފެން
ލޮނު
ނުމުގުރާ ހަވާދު
1 ސައިސަމްސާ ދިރި
2 އިންޗީގެ 2 ފޮނިތޮށިކޮޅު
5 ކަރަންފޫ
6 ކާފޫރުތޮޅި
1 ބޭލީފް
15 ކެޝޫނަޓްސް (ބޭނުންފުޅިއްޔާ)
ހަވާދު ޕޭސްޓް
1 ތަށި ޔޯގަޓް
2/1 ސައިސަމްސާ ރީނދޫ
1 މޭޒުމަތީސަމްސާ ކޮތަންބިރި ޕައުޑަރ
4 މޭޒުމަތިސަމްސަ ބިރިޔާނީ މަސާލާ
2/1 1 ސައިސަމްސާ ސްޓޮކްޕައުޑަރ
ތަށްޔާރުކުރާނެގޮތް
1-ހަވާދު ޕޭސްޓް ދަށުގަވާ ތަކެތި ތަށްޓެއްގަ އެއްކޮށްލައްވާފަ ބަހައްޓާ.
2-ތެއްޔަކަށް ތެޔޮ އަޅާ ހޫނު ކުރުމަށްފަހު ފިޔާ އަޅާ ފިޔާ މުރަނަ ވެލަންދެން ތެއްލާލައްވާފަ ތަށްޓަކަށް ނަގާފަ ބަހައްޓާ.
3-މި ތެލި ތެރެއަށް ނުމުގުރާ ހަވާދު ގެ ދަށުގަ ވާ ތަކެތި އަޅާ މިނެޓެއްވަރު ރަތްކޮށްލާފަ މީގެ ތެރެއަށް އިނގުރު ލޮނުމެދު ޕޭސްޓް އަދި ގިތެޔޮ މިރުސް އަޅާ މިނެޓެއްވަރު ރަތްކޮށްލައްވާ.
4-ދެން ޓޮމާޓޯ އަޅާ ޓޮމާޓޯ މަޑުވަންދެން ތެއްލާލައްވާ، ޓޮމާޓޯ މަޑުވުމުން އަލުވި އަޅާ އަލުވި ދެ މިނެޓެއްވަރު ފްރައި ކޮށްލައްވާ. ދެން ގްރީންޕީސް، ތެއްލާލި ފިޔާގެ ދެބައިކުޅަ އެއްބައި، ކޮރިއެންޑަރ ފަތް، ކުދީނާ ފަތް، ބިރިޔާނީ ޕޭސްޓް، ހަނޑޫ، ލޮނު އަދި ބަތް ކެކޭވަރަށް ފެން އަޅައިގެން ބަތް ރޯފިލަންދެން ކައްކާލައްވާ،
5-ބަތް ކެކުނީމަ ބަތް މަށްޗަށް ބާކީހުރި ފިޔާ އަޅާލައްވާ ފަ ސާރވް ކުރަށްވާ.
