ހަތަރު ވައްތަރު ޓޯޓިލާ ވްރެޕްސް

ޓޯޓިލާ ވްރެޕް މީ ވަރަށްއަވަހަށް މީރު އެއްޗެއް ތަށްޔާރުކޮށްލަން ބޭނުންނަމަ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އެއްޗެކެވެ. ޓޮޓިލާ އަކީ ރޮށްޓެކެވެ. މި ރޮށި އަޅުގަނޑުމެން ދިވެހިން ފިހާ ރޮށްޓާ ރަހަ ތަފާތުވެފަ ތަންކޮޅެއް ބޮލެވެ. އެކި ފިހާރަތަކުގަ ޓޯޓިލާ ޕެކް މިހާރު ވިއްކަންހުރެއެވެ، އަޅުގަނޑަށް ފެނުން ޓޯޓިލާ ޕެކް ގެ އުޅެނީ ދެ ސައިޒްއެކެވެ. ދިވެހިން ފިހާ ރޮށްޓަށްވުރެއް ތަންކޮޅެއް ބޮޑު ސައިޒް އަކާ އަދި ތަންކޮޅެއް ކުޑަ ސައިޒް އެކެވެ، ޓޯޓިލާ ވްރެޕް ހަދާލަން އަޅުގަނޑު ބޭނުންކޮށްލީ ބޮޑު ސައިޒްއެވެ. މިހާރަކަށް އައިސް ޓޯޓިލާއިން ތަފާތު ވައްތަރު ވްރެޕްސް ހަދާ މީސްމީޑިއާގަ ޝެއާކޮށްފަ ހުންނަލެއްވެސް މަދެއްނޫނެވެ. މިފަހަރު އަޅުގަނޑު މި ލިޔެލަނީ ވަރަށް މީރު ހަތަރުވައްތަރުގެ ޓޯޓިލާ ވްރެޕް ތައްޔާރުކޮށްލެވީދާނެގޮތެވެ.

ބޭނުންވާނެ ތަކެތި

1-ތެއްލިމަސް ވްރެޕް
ޓޯޓިލާ
ސަބްމެރިން ސޯސް ނޫނީ މެޔޮނައިސް
ތެއްލިމަސް
ބެލްޕެޕަރ
ބިސްގަނޑު / ސްލައިސް ޗީޒް

2-ތަންދޫރީ ޗިކަން ވްރެޕް
ޓޯޓިލާ
ސަބްމެރިން ސޯސް ނޫނީ މެޔޮނައިސް / ސްލައިސް ޗީޒް
ލެޓިއިސް އަދި ޓޮމާޓޯ
ތަންދޫރީ ޗިކަން
ބިސްގަނޑު

3-ހަވާއިއަން ޕިޒާ ވްރެޕް
ޓޯޓިލާ
ޕޒާ ސޯސް
މޮޒަރެއްލާ ޗީޒް
ތެއްލާފަ ހުރި ލަންޗިއަންމީޓް
އަލަނާސި، ފޮތިކޮށްފަ

4-ކިޑީސް ވްރެޕް
ޓޯޓިލާ
ޓޮމާޓޯ ސޯސް
ގާނާފަ ހުރި މޮޒަރެއްލާޗީޒް / ސްލައިސް ޗީޒް
ލެޓިއުސް / ޓޮމާޓޯ
ބިސްގަނޑު / ތެއްލާފަ ހުރި ފިޝްފިންގަރ

ތަށްޔާރުކުރާނެގޮތް

1-ޓޯޓިލާ ހަތަރު ބައި ވަކިވާގޮތަށް ފަތްޖަހާލައްވާ. ދެން ޓޯޓިލާ އަނެއްކާވެސް ރޫޅާލައްވާ، މިހާރު ފަތްޖެއްސެވި ރޮނގު ހުންނާނީ ކޮންމެސް ވަރަކަށް އިގެންށެވެ.

2-ކަތުރަކުން ކައިރިން އިން ރޮނގު މެދާ ހަމަޔަށް ކަފާލައްވާ. ދެން ރެސިޕީގަ ބަޔާންކޮށްފައިވާ ހަތަރު ބާވަތް ހަތަރު ބައިގަ އުނގުޅާލައްވާ ނޫނީ އަތުރާލައްވާ.

tortilla_wrap2

3-ޓޯޓިލާ ކަފާލާފަ އިން ބައިން ފަތްޖަހަންފަށާފަހަރަކު ބައެއް ފޮރުވޭގޮތަށް ފަތްޖަހާ ލައްވާ، ދެން ތަވައެއްމަތީ ނޫނީ ގްރިލްއެއް މަތީ ޓޯޓިލާތަށް ކުޑަކޮށް ބްރައުން ވެލަންދެން ދެ ފުށް ފިއްސަވާފަ ސާރވްކޮށްލައްވާ.