ކޭކްއިން ނެގޭނީ 3 ސާވިން / ކޭކް ތަށްޔާރުކޮށްލާ ފިހެލަން ހޭދަވާނީ 1 ގަޑިއިރު
ޔޯގަޓް ކޭކްމީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ މީރު ކޭކްއެކެވެ. މި ކޭކް ފިހެނިމުމުން އިންނަނީ ބާރސްކްބާންޓް ޗީޒްކޭކް އިންނަ ގޮތަށެވެ. މި ކޭކްގަ އަޅުގަނޑު ބޭނުންކޮށްލީ ޕްލެއިން ޔޯގަޓް އެވެ. ނަމަވެސް ތަފާތު ފްލޭވާގެ ޔޯގަޓް ބޭނުންކޮށްގެން ވެސް މި ކޭކް ހެދިދާނެއެވެ.

ބޭނުންވާނެ ތަކެތި
400 ގުރާމް ޔޯގަޓް
4 ބިސް
40 ގުރާމް ކޯންފްލާރ
120 ގުރާމް ހަކުރު، މުގުރާފް
ތަށްޔާރުކުރާނެގޮތް
1- ބޯތަށްޓަކަށް ޔޯގަޓް، ބިސް އަޅާ ގިރާލައްވާ، ދެން ހަކުރު އަދި ކޯންފްލާރ އަޅާ ގިރާލައްވާ
2- ހަ އިންޗި ޓްރޭ އެއްތެރޭ ބޭކިން ޕޭޕަރ އެޅުމަށްފަހު ގިރާލި ފުށްގަނޑު ޓްރޭތެރެއަށް އަޅާލައްވާ.
3- އަވަން 180 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރުމަށްފަހު ކޭކް ޓްރޭ ލައިގެން 45 މިނިޓް ނޫނީ ކޭކްޓްރޭ ހަލުވާލީމަ ކޭކް ފުށްގަނޑު ނުހެލޭވަރަށް ފިހެލައްވާ.
4- ކޭކްފިހެވުމުން އަވަން އިން ޓްރޭނަގާ އެއްކޮށްހިނހޫންކޮށްލައްވާ. އެއްކޮށްހިހޫންވުމުން ކޭކްޓްރޭ އިން ނަގާފަ ބޭކިންޕޭޕާރ ނަށްޓާލާފަ ސާރވް ކޮށްލައްވާ،
