ބެންޓޯ ބޮކްސް ކޭކްސް

ބެންޓޯބޮކްސް ކޭކްއަކީ 3 ނޫނީ 4 އިންޗި ކުދި ކޭކް އަކަށް ކިޔާ މަނެކެވެ. މި ކޭކް ޕެކްކޮށްފަ ހުންނަނީ ކުދި ލަންޗްބޮކްސް ގައެވެ. މީ އެއްމެ މީހަކަށް ކާލެވޭ ވަރުގެ ކޭކްއެކެވެ. މިހާރު ސޯޝަލްމީޑިއީގަ މީ ވަރަށް މަޝްހޫރު ކޭކްއެކެވެ. ފަސޭހައިން ހަދާލެވޭ، ބޭނުން ޑިޒައިނަކަށް ކޭކްހަދާލާފަ ލޯބިގޮތަކަށް ޕެކްކޮށްލެވޭ ކޭކްއެކެވެ. ބެންޓޯބޮކްސް ކޭކް އީޖާދު ކުރީ 12 ވަނަގަރުނުގަ ޖަޕާންގަ ކަމަށް ވެއެވެ. ނަމަވެސް މިހާރު ސައުތް ކޮރެއާގަ މި ކޭކް މާ މަޝްހޫރު……އިތުރަށް ކިޔާލަމާ

މިކްސްޑް ބެރީ ރަވާ މޫސް

ސާވިން ސައިޒް: 4-5 / ހަދާލަން ނަގާނެވަގުތު: 30 މިނެޓް ރަވާމީ އަޅުގަނޑުމެން ސޫޖީހަދަން ބޭނުންކޮށްއުޅޭއެއްޗެކެވެ. ނަމަވެސް މިފަހަރު ވަރަށް ތަފާތު ފަސޭހަ އަދި އެހާމެ މީރު ފޮނި އެއްޗެއް ރަވާއިން އަޅުގަނޑު މިއޮތީ ހަދާފައެވެ، މީ މޫސްއެކެވެ. މޫސްއެއްކަމަށް އަޅުގަނޑު ނިންމީ މި މިކްސްޗަރ ގިރީމަ ދެގުނަޔަށް އިތުރުވެފަ ކްރީމީވާތީއެވެ. އީދުދުވަހު ހަދާލަން ވަރަށް މީރު ތަފާތު ފޮނިއެއްޗަކަށް ވާނެއެވެ. ބޭނުންވާނެ ތަކެތި 400 ގުރާމް ފްރޯޒަން ބެރީސް500 އެމް އެލް ފެން100 ގުރާމް ހަކުރު100……އިތުރަށް ކިޔާލަމާ

ޒަމް ޒަމް ބިރިޔާނީ

ސާވިންސައިޒް: 6 / ކައްކާލަންނަގާނެ ވަގުތު: 3 ގަޑިއިރު މިއަހަރުގެ އީދު ދުވަހަށް ހާއްސަ ބިރިޔާނީއެއް ގޮތުގަ އަޅުގަނޑު މި ތަށްޔާރުކޮށްލީ ޒަމް ޒަމް ބިރިޔާނީ ކިޔާ ބިރިޔާނީއެކެވެ. ޒަމް ޒަމް ބިރިޔާނީ މީ ދޭއް ނޫނީ ތިން ވައްތަރެއްގެ މަސް އަޅައިގެން ހަދާ ވަރަށް މީރު ބިރިޔާނީއެކެވެ. އެބޭފުޅަކު ބޭނުންފުޅިއްޔާ މި ބިރިޔާނީއަށް އެހެން ބިރިޔާނީ އެކޭ އެއްގޮތަށް ނަޓްސް، ހިކިމޭބިސްކަދުރު އަދި ފެނުކެއްކި ބިސް އެޅިދާނެއެވެ. މި ބިރިޔާނީ އައިއްސަ މިއިންނަނީ ދެކުނު އޭޝިއާ……އިތުރަށް ކިޔާލަމާ

ފެރެންޗް ޓޯސްޓް ޓޫނާ ޕިޒާ

މީގެން ހަދާލެވޭނީ: ސަބްމެރިން ބަން ގެ 4 ފަޅި/ ތައްޔާރުކޮސްލަން ނަގާނެވަގުތު: 40 މިނެޓް ފްރެންޗް ޓޯސްޓް އަށް ފްރާންސްގަ ކިޔާ އުޅެނީ “ޕެއިން ޕޭދޫ” މާނަޔަކީ ގެއްލިފައިވާ ޕާން. ފްރެންޗް ޓޯސްޓްމީ ކާބޯތެކެތި ވަރަށް ތަދުޒަމާނުގައި ނުބައިވާން ކައިރިވެފައިވާ ޕާން ނުބައިވެ ކެވޭވަރު ނުވުމުގެ ކުރިން އޭގެން މީރު ކާއެއްޗެއް ހަދާލުމަށް ހަދައިއުޅުނު ޑިޝްއެކެވެ. މި ޑިޝް އަށް ފްރެންޗް ޓޯސްޓް މި ނަން ދެވިފައި ވަނީ 1724 ވަނަ އަހަރު ޖޯސެފް ފްރެންޗް ކިޔާމީހެއް……އިތުރަށް ކިޔާލަމާ

ޑަލްގޯނާ ޗީޒްކޭކް ޑެޒާރޓް

ސާވިންސައިޒް: 6 / ހަދާލަންނަގާނެ ވަގުތު: 30 މިނެޓް ޑަލްގޯނާ އަކީ ކޮފީ، ހަކުރު އަދި ފެން އެއްކޮށްގެން ކްރީމީ ވަންދެން ގިރާ ކޮފީއަށް ކިޔާނަމެކެވެ. ގިރުމަށްފަހު ހޫނު ނޫނީ ފިނި ކިރު އަށް އަޅާ ސާވް ކުރަނީއެވެ. މީ 1997 ވަނަ އަހަކު ކޮރިއާއިން އީޖާދުކުރި ކޮފީ ގިރާ ގޮތެކެވެ. މި ޑެޒާޓް އަކީ ޗީޒްކޭކް މިކްސްޗަރ މަށްޗަށް ޑަލްގޯނާ އަޅާފަ ތަށްޔާރުކޮށްލާ ޑެޒާޓްއެކެވެ. ކޮފީ މީރުކޮންމެ ބޭފުޅަކަށްވެސް ވަރަށް ކަމުދާނެ ޑެޒާޓްއެކެވެ. ބޭނުންވާނެ ތަކެތި……އިތުރަށް ކިޔާލަމާ